1 / 17

އުލުލް އަމްރުންނަށް

އުލުލް އަމްރުންނަށް. ކިޔަމަންވުން. ތަޢާރަފް. ޢުލުލްޢަމްރުންނަކީ ކޮންމެ ބައެއްގެ ތެރޭގައިވެސް އެބައެއްގެ ލީޑަރުންނެވެ. މުވާޠިނުން ބިނާކުރުމާއި، ޤައުމު އާރާސްތު ކުރުމާއި، އަދި މާއްދީ މަޢުނަވީ ކަންތައްތައް އިޞްލާހުކޮށް ތަހުޒީބުގެ މަގުން ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރާ މީހުންނެވެ. ތަޢާރަފް.

alia
Download Presentation

އުލުލް އަމްރުންނަށް

An Image/Link below is provided (as is) to download presentation Download Policy: Content on the Website is provided to you AS IS for your information and personal use and may not be sold / licensed / shared on other websites without getting consent from its author. Content is provided to you AS IS for your information and personal use only. Download presentation by click this link. While downloading, if for some reason you are not able to download a presentation, the publisher may have deleted the file from their server. During download, if you can't get a presentation, the file might be deleted by the publisher.

E N D

Presentation Transcript


  1. އުލުލް އަމްރުންނަށް ކިޔަމަންވުން

  2. ތަޢާރަފް ޢުލުލްޢަމްރުންނަކީ ކޮންމެ ބައެއްގެ ތެރޭގައިވެސް އެބައެއްގެ ލީޑަރުންނެވެ. މުވާޠިނުން ބިނާކުރުމާއި، ޤައުމު އާރާސްތު ކުރުމާއި، އަދި މާއްދީ މަޢުނަވީ ކަންތައްތައް އިޞްލާހުކޮށް ތަހުޒީބުގެ މަގުން ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރާ މީހުންނެވެ.

  3. ތަޢާރަފް ދުނިޔެއާއި އާޚިރަތުގެ މަންފާ ލިބެނިވިމަގުން އިޖުތިމާޢީ ދިރިއުޅުމުގެ އެންމެހައި ކަންތައްތައް ބައްޓަންކޮށް، އެކަންތައްތައް ޢަދުލުއިންސާފު ގެ މަތީން މުޖުތަމަޢުގައި ހިންގައި ޙަޟާރީ ޤާފިލާގައި ޤައުމު ކުރިއަރުވާ ރޭވުންތެރި މަސައްކަތްތެރިންނެވެ.

  4. ކީރިތި ޤުރުއާނުގައި ވެރިން ސިފަކުރައްވާފައިވަނީ أُولوالأَمْرِ ގެ ގޮތުގައެވެ. މާނައީ: “އަމުރުވެރިން ނުވަތަ އަމުރުގެ ވެރިން”

  5. ތަފްސީރުލްމަނާރުގައި މިބަހުގެ މާނަކުރެވިފައި ވަނީ:- “އެއީ މުސްލިމުންގެ ތެރެއިން އުއްމަތުގެ، ކަންތައްތައް ދިރާސާކޮށް ހައްލުކުރުމާއި، އަދި ކަންކަން ނިންމައި ޢަޤްދުކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހުންނެވެ. ޤުރުއާނނާއި ސުންނަތާއި ޚިލާފުނުވެ، އެދެ މަސްދަރުގެ އަލީގައި މުޖުތަމަޢުގެ މަޞްލަޙަތަށްޓަކައި ހަދާ ޤާނޫނުތައް ހަދައި، ދިރިއުޅުމުގައި އުފެދޭ މައްސަލަތައް ޙައްލުކުރާ މީހުންނެވެ. އަދި އެބައިމީހުންނަކީ ޢާންމު މަޞްލަޙަތު ފުރިހަމަ ކުރުމަށާއި ބޭނުންތައް ފުއްދުމަށްޓަކައި ރައްޔިތުން އެބައެއްގެ ގާތަށް ރުޖޫޢަވާންޖެހޭ މުސްލިމުންގެ އަމީރުންނާއި، ޙާކިމުންނާއި، ޢިލްމުވެރިންނާއި، ރައީސުންނާ އަދި އެހެނިހެން ވެރިންނެވެ.”

  6. ވެރިންގެ ތެރޭގައި ފާހަގަކުރެވޭ މައިގަނޑު ފަރާތްތައް • ޤައުމުގެ ރައީސް ނުވަތަ އިސްވެރިޔާ • ވަޒީރުން • ފުލުހުންގެ އިސްވެރިޔާ • މަޝްވަރާ މަޖިލިސް، ޤާނޫނުހަދާ މަޖިލިސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. • ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް/ ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރާ މަޖިލީހުގެ ރައީސް/ މުފުތީ • ތަޢުލީމާއި ތަރުބިއްޔަތުދޭ ތަންތަނުގެ އިސްވެރިންނާއި މުދިމުން. • އަތޮޅުވެރިންނާއި ކަތީބުން. • ކުއްލިހާލަތާ ގުޅިގެން އެކުލަވާލެވޭ ޖަމާޢަތަށް އިސްކުރެވޭ ފަރާތް.

  7. ވެރިން ހޮވުމުގެ މުހިންމުކަން • ދީނާއި ސިޔާސަތާ ހުރިގުޅުން ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ތިންމީހަކު ދަތުރެއްގައި ފުރާނަމަ، ފަހެ، ތިޔަބައިމީހުން އެމީހުންގެ ތެރެއިން އެކަކު އަމީރަކަށް (ވެރިއަކަށް) އިސްކުރާށެވެ” (އަބޫދާވޫދު) • އިޞްލާހުކުރުން.

  8. ވެރިންގެ މަސްޢޫލިއްޔަތު • ދީން ރައްކާތެރިކުރުން: އެބަހީ ދީނުގެނ ޙުކުމްތައް ތަންފީޒުކުރުމާ، ޙައްދުތައް ޤާއިމުކުރުމާ، ދީނުގެ ޙުކުމްތަކާ ޚިލާފުވާ ފަރާތްތަކަށް ޢަދުލުވެރިގޮތުގައި އަދަބުދިނުން. • ޒަކާތްނެގުން • ދީނުގެ ޝިޢާރިތައް ޤާއިމްކުރުން. • މުޖުތަމަޢުގެ އަމަންއަމާންކަމާއި ދައުލަތުގެ ޢާއްމު ނިޒާމު ރައްކާތެރިކުރުން. • ސަރުކާރުގެ ކަންތައްތައް އަމިއްލައަށް ބެލުން. • އަރާރުން އުފެދިފައިވާ ދެޚަޞްމުންގެ ދެމެދުގައި އެއްވެސް ފަރާތަކަށް އަނިޔާވެރިނުވެ އިސްލާމްދީ ޙުކުމްތަކާ އިސްލާމްދީނުގެ ޙައްދުތައް ޤާއިމުކޮށް ޢަދުލުއިންސާފު ޤާއިމުކުރުން. • ފައިސާގެ ކަންތައްތައް ހިންގާ ބެލެހެއްޓޭނޭގޮތް ހަމަޖެއްސުން. • އެކިއެކި ދާއިރާތަކަށް ވެރިން އިސްކުރުމާއި ވަޒީފާއަށް އެކަށީގެންވާ މީހުން ހަމަޖެއްސުން.

  9. ވެރިންނަށް ކިޔަމަންވުން • އަލްއިމާމު ނަވަވީ ވިދާޅުވެފައިވެއެވެ. ”މާތް ﷲއަށް އުރެދުމަކަށް ނުވާ ކޮންމެ ކަމެއްގައި ވެރީންނަށް ކިޔަމަންގަތުމީ ވާޖިބުވެގެންވާ ކަމެއްގައި ޢިލްމުވެރިން އިޖްމާޢުވެވަޑައިގަނެއެވެ. ހަމައެފަދައިން އުރެދުމެއްވާ ކަމެއްގާ ވެރީންނަށް ކިޔަމަންގަތުމީ ޙަރާމްވެގެންވާ ކަމެއްކަމަށްވެސް އެބޭކަލުންގެ އިޖްމާޢުން ޘާބިތުވެފައެވެ.“ • އަލްއިމާމުލް ބުޚާރީ ރިވާކުރެއްވި ޙަދީޘްފުޅެއްގައިވެއެވެ. ”މުސްލިމުންނަށް އުރެދުމަކަށް އަރައިގަތުމަށް އަމުރު ނުކުރެވޭހާ ހިނދަކު، އެބައިމީހުން ރުހޭ ކަންތަކާއި ނުރުހޭ ކަންތައްތައްވެސް އަޑުއަހައި ކިޔަމަންގަތުން އެބައިމީހުންގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފަހެ، އުރެދުމަކަށް އަރައިގަތުމަށް އަމުރުކުރެވިއްޖެނަމަ އަޑުއެހުމެއް ކިޔަމަންގަތުމެއްވެސް ނެތެވެ.“ • ވެރިންނަށް ކިޔަމަންގަތުމަކީ ﷲއާއި އެކަލާނގެ ރަސޫލާ z އަށް ކިޔަމަންތެރިވުންކަމުގައި ލައްވާފައިވެއެވެ. • އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘްފުޅެއްގައިވެއެވެ. ”ތިމަންކަލޭގެފާނަށް ކިޔަމަންވެއްޖެ މީހާ ހަމަކަށަވަރުން ﷲއަށް ކިޔަމަންތެރިވެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް ނުކިޔަމަންތެރިވެއްޖެ މީހާ ﷲއަށް ނުކިޔަމަންތެރިވެއްޖެކަން ކަށަވަރެވެ. ތިމަންކަލޭގެފާނުގެ އަމީރަށް (ވެރިޔާއަށް) ކިޔަމަންތެރިވެއްޖެ މީހާ ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއެވެ. ހަމަ އެހެންމެ ތިމަންކަލޭގެފާނުގެ އަމީރަށް (ވެރިޔާއަށް) ނުކިޔަމަންތެރިވެއްޖެ މީހާ ތިމަންކަލޭގެފާނަށް ނުކިޔަމަންތެރިވެއްޖެއެވެ.“

  10. ވެރިންނަށް ކިޔަމަންތެރިވުމުގެ ދާއިރާ • އާލޫސީ ވިދާޅުވެފައިވެއެވެ. ”ކިޔަމަންތެރިވުމަކީ އަމުރުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ޢަމަލުކުރުމެވެ. އަމުރުތަކަށް އިހާނާތްތެރިވެ ޢަމަލުނުކުރުމީ ނުކިޔަމަންތެރިކަމެވެ. ވެރިންނަށް ކިޔަމަންތެރިވުން ޞައްޙަވެގެންވަނީ ޙައްޤުގެ މަތީގައި އެބައިމީހުން ދެމިތިބިހާ ހިނދަކުއެވެ. އަދި އެބައިމީހުން އިލާހީ ޝަރުޢުއާ ޚިލާފުވެއްޖެ ހިނދެއްގައި އެބައިމީހުންނަށް ކިޔަމަންތެރިވުން ވާޖިބުކުރައްވާފައެއް ނުވެއެވެ.“

  11. ދަލީލު • ސޫރަތުއް ނިސާގެ 59ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. ”އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވާށެވެ! އަދި ރަސޫލާ zއަށް ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ! އަދި ތިޔަބައިމީހުންގެތެރެއިން އަމުރުވެރީންނަށްވެސްމެއެވެ. ފަހެ، ތިޔަބައިމީހުން އެއްވެސް ކަމެއްގައި ދެބަސްވެ އަރާރުންވާނަމަ އެކަމެއް ﷲއާއި އެކަލާނގެ ރަސޫލާ zއަށް (އެބަހީ ޤުރްއާނާއި ސުންނަތަށް) ރުޖޫޢަކުރާށެވެ. ތިޔަބައިމީހުން ﷲއަށް އީމާންވާކަމުގައިވާނަމައެވެ. • ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ﷲއާއި އެކަލާނގެ ރަސޫލާ zއަށް ކިޔަމަންވުމަށް އަމުރުކުރައްވާފައިވާއިރުވެސް، ވެރިންނަށް ކިޔަމަންވުމަށް އަމުރުކުރައްވާފައިވަނީ ހަމައެކަނި މި އާޔަތުގައެވެ. އަދި މި އާޔަތުގައިވެސް ވެރިންނަށް ކިޔަމަންވުން އެވަނީ ﷲއާއި އެކަލާނގެ ރަސޫލާ zއަށް ކިޔަމަންތެރިވުމާ ގުޅުވާލާފައެވެ. • މިކަމުން ދޭހަވަނީ ޤުރްއާނާއި ސުންނަތާ ޚިލާފަށް ވެރީން ކުރާ އަމުރަށް ކިޔަމަންތެރިކަން އަދާކުރާން ނުޖެހޭނެކަމެވެ.

  12. ދަލީލު • ރަސޫލާ z ޙަދީޘްފުޅުކުރައްވާފައިވެއެވެ. لاَ طَاعَةَ لِمَخْلُوْقٍ فِي مَعْصِيَةِ اللَّهِ ”ﷲއަށް އުރެދެވޭ ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންތެރިވުމެއް ނެތެވެ.“

  13. އުލުލް އަމްރުންނަށް ކިޔަމަންވުމުގެ ބައެއް ފައިދާތައް • އުއްމަތުގެ އެއްބައިވަންތަކަން ބަދަހިވެ ބާރު ގަދަވުން • ތަރައްޤީގެ މަގުގައި ކުރިޔަށް ދިޔުމަށް ފަސޭހަވުން • ދީނަށް ނަޞްރުދެވުން • ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކުން ޤަޥްމު ސަލާމަތްވުން • މުޖްތަމަޢުގައި އަމަން އަމާންކަމާއި ޞުލްޙަ މަސަލަސްކަން ފެތުރިގެން ދިޔުން • ﷲގެ ރުހިވޮޑިގަތުން ލިބުން

More Related